އެތުލެޓިކޯ މެޑްރިޑްގެ ޖާއޯ ފެލިކްސް ގެންދަން ޗެލްސީން އެއްބަސްވުމަކަށް އައިސްފައިވާ އިރު، ކޯނޯ ގަލެގާ ގެންދިޔުމަށް އެތުލެޓިކޯއިން ހުރިހާ ކަމެއް ނިންމައިފިއެވެ.
މި ޓްރާންސްފާ ސީޒަނުގައި އެންމެ ބޮޑު ސުވާލުތަކެއް އުފެދުނު ޓްރާންސްފާއަކީ ޗެލްސީގެ ގަލަގޭ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން މަސައްކަތްކުރި ޓްރާންސްފާ އެވެ. ޗެލްސީން ފުރަތަމަ މަސައްކަތް ކުރީ ގަލެގާ ވިއްކާލާފައި ފޯވަޑް، ސަމޫ އޮމޮރޮޑިއޮން ގެންދިޔުމަށެވެ. އެހެން ނަމަވެސް ކުއްލިއަކަށް އޮމޮރޮޑިއޮންގެ ޑީލް ނާކާމިޔާބު ވެ، ޗެލްސީން ވަނީ ގަލެގާ ހިފަހައްޓައިފައެވެ.
ގަލެގާއަށް 33 މިލިއަން ޕައުންޑުގެ އަގެއް އެތުލެޓިކޯއިން ހުށަހަޅައިގެން އޭނާ ގެންދަން މަސައްކަތް ކުރި ކުރުން ޗެލްސީ މަޑު ޖައްސާލީ، ފޯވަޑް އިތުރު ކުޅުންތެރިޔަކު ހޯދޭނެ މަގެއް ކޮށުމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ޗެލްސީން ވަނީ ފެލިކްސް ގެންދަން އެތުލެޓިކޯއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.
އެ ޑީލުގެ ސަބަބުން އެތުލެޓިކޯއަށް ވެފައި ވަނީ ގެއްލުން ކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ. އެއީ މިދިޔަ ސީޒަނުގެ ގިނަ މެޗުތަކެއްގައި ފެނިގެން ދިޔަ ފެލިކްސް ދާއިމީ ޓްރާންސްފާއެއްގައި ޗެލްސީއަށް ވިއްކާލަން ޖެހުމުންނެވެ. ފެލިކްސް ޗެލްސީއަށް ދިޔަ އަގު އާއްމުކޮށްފައެއް ނުވެއެވެ.
ގަލެގާގެ ޓްރާންސްގާ ދެ ކްލަބުން އެއްބަސްވެ ނިންމާފައި ވަނީ، ގަލެގާ އެކަނި ޗެލްސީގެ ޓްރާންސްފާ ސެންޓަރުގައި ތަމްރީނުކުރާތާ ހަފުތާއެއް ވީފަހުންނެވެ.
ފެލިކްސް، މީގެ ކުރިން 2023 ވަނަ އަހަރުވެސް ލޯނެއްގައި ޗެލްސީއަށް ކުޅެފައިވެއެވެ. އޭނާ އެފަހަރު ރަނގަޅު ފޯމެއްގައި ކުޅެ، 20 މެޗުން ހަތަރު ގޯލުވެސް ޖެހިއެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނަށް މައުރީޝިއޯ ޕޮޗެޓީނޯ ޓީމާ ހަވާލުވެ، ފެލިކްސް އަނބުރާ އެތުލެޓިކޯއަށް ފޮނުވާލިއެވެ.
މިފަހަރު ފެލިކްސް ދާއިމީކޮށް ޗެލްސީއަށް ސޮއިކުރާނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެއްބަސްވުން ހަމަވުމާއެކު ޗެލްސީން ބޭނުންނަމަ، އިތުރު އެއް އަހަރަށް އާކުރުމަށްވެސް ހިމަނާފައިވެއެވެ. އަނެއްކޮޅުން ގަލެގާ އެތުލެޓިކޯއަށް ސޮއިކުރަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް