މަސްތުވާތަކެއްޗާއި ބޮގަރު ކައްކައި އޭގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ލ. އަތޮޅު ގަމުން ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު ލ. ގަން، ތުނޑި ވިލެޖު ގޭގައި މަސްތުވާ ތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމަށް ލިބިފައިވާ އިންޓެލިޖަންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ގޭގެ ތެރެއިން 24.42 ގްރާމުގެ ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާއެއްޗަކާއި ބޮގަރު ކަމަށް ޝައްކުކުރެވޭ ދެ ރުނބާ އަދި ފަސް ލިޓަރު ފުޅިޔަކާއި އަދި ބޮގަރު ކައްކަން ބޭނުން ކުރާ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން 42 އަހަރުގެ އަދި 57 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު