މާކެންޓައިލް އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ކުޅުނު ދެވަނަ މެޗުގައި ރޭ ސްޓެލްކޯ ބަލިކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވޮލީ ކޯޓުގައި މިދިޔަ ހޮނިހިރު ދުވަހު ފެށި މި އަހަރުގެ އޮފީސް/ ކޮމްޕެނީ ވޮލީ މުބާރާތުގެ ފިރިގެން ޑިވިޝަނުގައި ޖުމުލަ ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، ޓީމުތައް ފެންނަނީ ވަރުގަދަ ކޮށެވެ. ލީގު ބުރެއް ނިންމައި، އެއްވަނައިގައި އޮންނަ ޓީމު ސީދާ ފައިނަލަށްދާ ގޮތަށް މުބާރާތް ރާވާފައިވާ އިރު، ދެން ފައިނަލަށް ދާނީ ދެވަނައާއި ތިންވަނަ ޓީމު ކުރިމަތިލާ ސެމީ ފައިނަލް މެޗަން މޮޅުވާ ޓީމެވެ.
މުބާރާތުގައި ބައިވެރިވެފައިވަނީ އެމްއެންޑީއެފް އާއި އެޗްޑީސީގެ އިތުރުން ސްޓެލްކޯ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އެވެ.
ޕޮލްކޯ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޗްޑީސީ އަތުން ބަލިވީ 3-1 ސެޓުންނެވެ.
އެ ނަތީޖާ އާއެކު ރޭ ސްޓެލްކޯ ބަލިކުރަން ޕޮލްކޯއަށް އޮތީ މުހިންމު ވެފައެވެ. ފުރަތަމަ ސެޓު ސްޓެލްކޯ އިން 25-20 އިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު ޕޮލްކޯ އިން ވަނީ 26-24 އިން ގެންގޮސްފައެވެ. އޭގެ ފަހުންވެސް ސްޓެލްކޯ އިން އަނެއްކާ ސެޓެއް ގެންދިޔައެވެ. އެ ސެޓު ސްޓެލްކޯ އިން ގެންދިޔައީ 25-21 އިންނެވެ. ހަތަރުވަނަ ސެޓު ވަރަށް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ ސެޓު ޕޮލްކޯއިން ގެންދިޔައީ 30-28 އިންނެވެ.
މެޗުގެ ނަތީޖާ ކަނޑައަޅަން ކުޅުނު ޓައި ބްރޭކް ސްޓެ ޕޮލްކޯ އިން ގެންދިޔައީ 15-10 އިންނެވެ.
މުބާރާތުގައި އިއްޔެ ހަވީރު އެމްއެންޑީއެފްއާއި ވެމްކޯ ވާދަކުރަން އޮތް މެޗު ވިއްސާރައިގެ ސަބަބުން ވަނީ ފަސްކޮށްފައެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް