އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް، ޖޫލިއަން އަލްވަރޭޒް ގެންދަން މެންޗެސްޓާ ސިޓީއާއެކު 81.5 މިލިއަން ޕައުންޑްގެ އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ސިޓީއާއި އެތުލެޓިކޯއިން އާޖެންޓީނާގެ ފޯވަޑް އަލްވަރޭޒް ގެންދަން އެއްބަސްވި ސީދާ އަގަކީ 64.4 މިލިއަން ޕައުންޑެވެ. އެޑް އޮންސްގެ ގޮތުގައި ޓްރާންސްފާއަށް 17.1 މިލިއަން ޕައުންޑްގެ އަގެއް އިތުރަށް ދޭންވެސް އެތުލެޓިކޯއިން ވަނީ އެއްބަސްވެފައެވެ. އެ އަގު ވެގެންދާނީ ސިޓީން ކުޅުންތެރިޔަކު ވިއްކާލާ އެންމެ ބޮޑު އަގަށެވެ. މީގެ ކުރިން ސިޓީން އެންމެ އަގުބޮޑުކޮށް ކުޅުންތެރިޔަކު ވިއްކާލާފައި ވަނީ ޗެލްސީއަށެވެ. އެއީ 2022 ވަނަ އަހަރު ރަހީމް ސްޓާލިންނެވެ. އޭނާގެ އަގަކީ 50 މިލިއަން ޕައުންޑެވެ.
އަލްވަރޭޒް ސިޓީއާ ދޭތެރޭ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހި، އެ ވާހަކަ ކޮންމެވެސް ވަރަކަށް މީޑިއާގައިވެސް ދައްކާފައިވާ އިރު، އޭނާ ބުނެފައި ވަނީ ވަކި ގޮތެއް ނިންމާނީ އޮލިމްޕިކްސްއަށް ފަހުއެވެ. އާޖެންޓީނާއިން އޮލިމްޕިކްސްއިން ކަޓައިގެން ދިޔައީ ފްރާންސް ކައިރިން ބަލިވެގެންނެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، އޭނާ ހުރީ 24 އަހަރުގެ އަލްވަރޭޒަށް ބަރޯސާ ވެގެން ނަމަވެސް، ދާން ބޭނުންނަމަ އެވާހަކަ ރަސްމީކޮށް ބުނެފައި ދާންވީ ކަމަށެވެ. އަލްވަރޭޒަށް ވަގުތު ނުދެވުނު ކަމަށް ބުނާ ވާހަކައަށް ގާޑިއޯލާ ބުނީ، ހުރިހާ ކުޅުންތެރިންނަށް އެއް ހަމައެއްގައި ވަގުތު ދެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
އެތުލެޓިކޯއިން ޓްރާންސްފާ މާކެޓްގައި އަވަސް މަސައްކަތްތަކެއް ކުރަމުންދާ އިރު، އެޓީމުން މިހާރު ވަނީ ޗެލްސީގެ މިޑްފީލްޑަރު ކޯނޯ ގަލެގާ ގެންދަންވެސް އެއްބަސްވުމަކަށް އައިސްފައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް