އާޖެންޓީނާ އާއެކު އުފާފާޅުކުރުމުގެ ތެރޭގައި ފްރާންސް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި އެންޒޯ ފެނާންޑޭޒް ހޫނު ފެނަށް ވެއްޓިއްޖެއެވެ.
އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބުކޮށް، އުފާފާޅުކުރި ކުރުމުގެ ތެރޭގައި އެންޒޯ ކޮށްފައިވާ އިންސްޓާ ލައިވްއެއްގައި ފްރާންސް ކުޅުންތެރިންގެ ނަސްލަށް ޖޯކު ޖަހާފައިވެއެވެ. އެގޮތުން އެހެން ގައުމުތަކަށް އުފަން ކުޅުންތެރިންގެ ނަސްލަށް ޖޯކު ޖަހައި، އެ ހުރިހާ ކުޅުންތެރިން އަތުގައި ފްރާންސްގެ ޕާސްޕޯޓް އޮންނާތީ އެކަމަށްވެސް ޖޯކު ޖަހާފައިވެއެވެ.
ފްރާންސްގެ ކަޅު ނަސްލުގެ ކުޅުންތެރިންގެ ތެރެއިން އެންޒޯ އާއެކު ޗެލްސީއަށް ކުޅޭ ވެސްލޭ ފޯފާނާއާއި އެކްސެން ޑިސާސީ، ބެނޮއިޓް ބަޑިއަޝީލޭގެ އިތުރުން ކްރިސްޓޮފާ އެންކުންކޫ ފަދަ ކުޅުންތެރިން ވަނީ އެންޒޯ ކުރި ކަންތަކަށް ނުރުހުން ފާޅުކޮށްފައެވެ.
އެ ވީޑިއޯ އާއެކު ފްރާންސް ފުޓުބޯޅަ އިދާރާ އިން ބަޔާން ނެރެފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިންސާނީ ހައްގުތަކާއި ކުޅިވަރުގެ ސުލޫކާވެސް އެ ޗޭންޓްތައް ހިލާފުވާ ކަމަށާއި ގާނޫނީ ގޮތުން އެކަމުގައި އާޖެންޓީނާ އެފްއޭއަށް އެޅެން އޮތް ފިޔަވަޅެއް އަޅަން ތައްޔާރުވެފައިވާ ކަމަށެވެ. އެކަމުގައި ފީފާއިންވެސް މައްސަލަ ބަލަމުންދާ އިރު، އެންޒޯގެ ކްލަބު ޗެލްސީންވެސް ވަނީ މައްސަލަ ބަލަމުންނެވެ.
ޗެލްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ކްލަބަކީ ނަސްލީ ގޮތުން ދިމާކުރުމަށް އެއްވެސް ޖާގައެއް ދޭނެ ކްލަބެއް ނޫން ކަމަށާއި ކްލަބުގެ އެތެރޭގައި މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރު ކަމަށް ބުންޏެވެ.
ވީޑިއޯ ލީކުވެ، އެ މައްސަލަ ބޮޑުވުމާއެކު އެންޒޯ ވަނީ ސޯޝަލް މީޑިއާގައި މައާފަށް އެދިފައެވެ. އޭނާ ބުނީ އެ ވީޑިއޯގެ ސަބަބުން ނުތަނަވަސްކަން އުފެދިއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި އޭނާއަށް ހެދުނީ ގޯހެއްކަންވެސް ގަބޫލުކުރާ ކަމަށެވެ. އެންޒޯ އެހެން މައާފަށް އެދުނު ނަމަވެސް، އެ މައްސަލައިގައި ދުލެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ