މިސްކިތެއްގައި ބާއްވާފައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލި ބަންގުލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ އެމްޑީ މަންނާން (36އ) އެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން އިއްޔެ ވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
މަންނާން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކުރީ އޭނާއަކީ ބިދޭސީއަކަށްވެފައި ފިލައިގެން ދިއުމުގެ އިހުތިމާލު އޮތުމުންނެވެ. އަދި މިސްކިތުގައި ބާއްވާފައި އޮތް ހަތިމެއްގައި ދަތްއެޅި ކަމުގެ ހެކި އޭނާއާ ދެކޮޅަށް ފުލުހުން ކޮންމެވެސް ވަރަކަށް ހުށަހަޅައިފައިވާތީ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު