ގޭންގަކަށް ނިސްބަތްވާ މަސްތުވާތަކެތީގެ ދައުވާ އުފުލާފައިވާ ބަޔަކު ފުލުހަކަށާއި އޭނާގެ އާއިލާއަށް ބިރުދައްކާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ، އެ މީހުން ބިރު ދައްކަނީ، ފުލުހުންގެ ފޮރިންސިކް އޮފިސަރަކަށް ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި އުޅޭ އެ ފުލުސް މީހާގެ ދަރިފުޅުގެ ކުރިމަތީގައި އޭނާގެ އަންހެނުންގެ ނުހުރުމުގައި އެ މީހުން އަތްލައި "ބްލެކްމެއިލް" ކޮށްފައިވާ ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ރޭ އެކްސްގައި ވިދާޅުވީ، އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށާއި ނަމަވެސް ހުޅުމާލޭގައި ހުންނަ ޕޮލިސް އެޕާޓްމަންޓް ރެސިޑެންސްގައި ގޭންގަކާ ގުޅުން ހުރި ޖިނާއީ އެއްވެސް ހަރަކާތެއް ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައެއް ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ފުލުސް މީހާއަށް ބިރު ދައްކަނީ ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު