ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ހޯދުމަށް ގަރާރެއް ހުށަހަޅައި، ބަހުސް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
މި ގަރާރުގައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރާއްޖޭގައި އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީސްތަކުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިދާރީ ދާއިރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން އިތުރުވަމުންދާކަން ފާހަގަކޮށްފަ އެވެ.
ގާނޫނު ހަދާ މަޖިލީހަށް ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރުވަމުންދާ ދިއުމަށް މަޖިލީހުން ހައްލެއް ހޯދަން ޖެހޭ ކަމަށްވެސް ގަރާރު ހުށަހަޅުއްވަމުން ޝުޖާ ވިދާޅުވިއެވެ.
ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ އާންމުކޮށް ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމާ ގުޅޭ ގޮތުން މީގެކުރިންވެސް މަޝްވަރާ ކުރަމުން އައިސްފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ، މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރުމަށް މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު