ރާއްޖޭގެ އަންހެން ސީނިއާ އަދި ޖޫނިއާ ވޮލީ ސްކޮޑު ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
އިމާދުއްދީން ސްކޫލްގައި އިއްޔެ ބޭއްވި އިވެންޓްގައި ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްގެ އިތުރުން ވީީއޭއެމްގެ ރައީސް މުހައްމަދު ލަތީފުވެސް އިއްޔެގެ އިވެންޓްގައި ބައިވެރިވެލައްވާފައިވާ އިރު، އެ އިވެންޓްގައި ކުޅުންތެރިންނަށް ރަސްމީކޮށް ޖާޒީ ހަވާލުކޮށްފައިވެއެވެ.
ވޮލީ އަންހެން ޓީމުތަކަށްވެސް ބައިނަލްއަގުވާމީ މުބާރާތްތައް ކުރިއަށް އޮތް އިރު، އެޓީމުތަކަށް މިނިސްޓަރު ރާފިއު ވަނީ ހިތްވަރު ދެއްވައިފައެވެ. މިއަހަރު ރާއްޖޭގައި ވެސް އަންހެން ވޮލީ ޓީމުތަކުގެ މުބާރާތްތައް ރަސްމީކޮށް ފަށަން އަންނަ މަހަށް ތަވާލު ކޮށްފައިވެއެވެ. އެގޮތުން އަންނަ މަހު އޮންނާނީ ވީއޭއޭއެމް އެސޯސިއޭޝަން ކަޕެވެ. މިދިޔަ މޭ މަހު ވީއޭއެމް ކަޕްގެ އަންހެން އަދި ފިރިހެން ޕްލިމިނަރީ މެޗުތައް ވަނީ ހޯސްޓް ކޮށްފައެވެ.
- ހައްވާ ރާޝިދާ (ހައްވަ)
- މަރިޔަމް އަޒުމާ
- އައިމިނަތު ޝަހާ ޝާމިން
- ފާތިމަތު އަނާލް
- އައިޝަތު ނަސްމާ އަހުމަދު
- ހައްވާ ނާޒިމާ
- އައިމިނަތު އަފާފް ނާޒިމް
- ޝަމްހާ ރިޔާޒު
- ނަރީމާ އިދުރީސް
- މަނާލް އިސްމާއީލް ރަޝީދު
- ފާތިމަތު ސަމްހާ
- ފާތިމަތު ލިވާ ހުސައިން
- މަރިޔަމް އަޒުމާ
- މައިހާ އަލީ
- އައިމިނަތު އަރީޝާ
- އައިޝަތު މާޖިދާ
- އައިމިނަތު ރިޔާސާ
- ފާތިމަތު ޖޫޒާން ޒަރީރު
- އިއައިމިނަތު ރަފާ އިބްރާހީމް
- ހައްވާ ސަހާ
- އައިޝަތު ޒީޝާން
ގައުމީ ޓީމުގެ ޕްރިލިމިނަރޫ ސްކޮޑެއް އިއުލާނު ކޮށްފައިވާ އިރު، އެކިއެކި މުބާރާތްތަކަށް ސްކޮޑަށް ބަދަލުތައް އައުން ގާތެވެ. އެހެން ނަމަވެސް ވޮލީގެ ރަސްމީ ސްކޮޑެއް އޮތުމަކީ ގައުމީ ޓީމު ނަގާއިރު، ކޯޗުންނަށް ފަސޭހަވާނެ ކަމެކެވެ. އަދި ސަރުކާރުން ދޭ މުސާރަ ދިނުމަށް ކަނޑައަޅާފައި ކުޅުންތެރިންގެ ލިސްޓް ސާފުވާނެ ވެސް ކަމެކެވެ.
އިއްޔެގެ އިވެންޓްގައި ޖޫނިއާ ސްކޮޑުގެ ކުޅުންތެރިންނަށްވެސް ޖާޒީ ހަވާލުކޮށް، ހަނދާނީ ލިޔުންވެސް ވަނީ ދީފައެވެ. ޖޫނިއާ ގައުމީ ސްކޮޑުގައި 20 ކުޅުންތެރިޔަކު ހިމަނާފައިވެއެވެ. އެއީ އައިމިނަތު މާނާ ނާޒިމް، މިންހަތު އަހުމަދު، އައިމިނަތު އިބާ އިބްރާހީމް، އީމާން އަލީ، އައިޝަތު ދީމާ ނަދީމް، އައިޝަތު އިޝްފައު އިޝްހާގު، ދީނާ އަހުމަދު ޒާހިރު، ފާތިމަތު އަމާޒނީ އަހުމަދު ސިޔާމް، މާސާ ފާރޫގު، މަރިޔަމް ނުޒުހަތު، މަރިޔަމް ރިޝްފާ، އީޝަލް ބިންތު ހުސައިން ޔޫސުފް، މަލަކާ އަބްދުﷲ، މާޔާ ހުސައިން ސޮލާހް، އައިޝަތު ނީޝާ ފިފްޝާން، ޝަފްއާ އަހުމަދު، ފާތިމަތު ޝައިހާ ފަހުމީ، އައިޝަތު ލިވާ އިބްރާހީމް، އައިމިނަތު ލަޔާ އިބްރާހީމް އަދި އައިޝަތު ނަސްމާ އަހުމަދެވެ.
- އައިމިނަތު މާނާ ނާޒިމް
- މިންހަތު އަހުމަދު
- އައިމިނަތު އިބާ އިބްރާހީމް
- އީމާން އަލީ
- އައިޝަތު ދީމާ ނަދީމް
- އައިޝަތު އިޝްފައު އިޝްހާގު
- ދީނާ އަހުމަދު ޒާހިރު
- ފާތިމަތު އަމާނީ އަހުމަދު ސިޔާމް
- މާސާ ފާރޫގު
- މަރިޔަމް ނުޒުހަތު
- މަރިޔަމް ރިޝްފާ
- އީޝަލް ބިންތު ހުސައިން ޔޫސުފް
- މަލަކާ އަބްދުﷲ
- މާޔާ ހުސައިން ސޮލާހް
- އައިޝަތު ނީޝާ ފިފްޝާން
- ޝަފްއާ އަހުމަދު
- ފާތިމަތު ޝައިހާ ފަހުމީ
- އައިޝަތު ލިވާ އިބްރާހީމް
- އައިމިނަތު ލަޔާ އިބްރާހީމް
- އައިޝަތު ނަސްމާ އަހުމަދު
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން