ފުވައްމުލަކު ސިޓީގެ ދޫނޑިގަމު އަވަށުގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނަކަށް ހުރަސްއަޅައި ފުލުހުންނާ ކުރިމަތިލި މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ ބުނީ، މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އެތަނަށް އިތުރު ބަޔަކު ގޮސް ފުލުހުންނާ ކުރިމަތިލައިފައިވާ ކަމަށެވެ. އެ ކުރިމަތިލުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"އަދި މިކަމާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކުރެވިފައި" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން، ފުވައްމުލަކު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ބަޔަކު އެއްވެ، ސްޓޭޝަން ތެރެއަށް އެތަނުން މީހަކު ވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނާ ދެކޮޅަށް އެކަން ހުއްޓުވުމަށާއި ކުށްކުރުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ހަމަނުޖެހުން ހައްލުކުރަން ޖުމުލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގެ މައުލޫމާތު ބައެއް މީޑިއާތަކުން އަސްލާއި ހިލާފަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު