ޕޯޗުގަލްގެ ކެޕްޓަން އަދި ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ސެލްފީ ނެގުމަށާއި، ރޮނާލްޑޯ ގައިގައި ބައްދާލުމަށް ދަނޑަށް ސަޕޯޓަރުން އެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ޔޫރޯ 2024 ގައި ޕޯޗުގަލްއިން ކުޅުނު ދެވަނަ މެޗުގައި ރޭ ތުރުކީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރޮނާލްޑޯއާއެކު ފޮޓޯ ނަގަން ފަސް މީހަކު ދަނޑަށް އަރާފައިވެއެވެ. ބައެއް މީހުން އެކަން ކާމިޔާބުވެސް ކޮށްފައިވެއެވެ. ކޮންމެ މީހަކު ދަނޑަށް އެރުމުން ރޭ ވެސްޓްފޯލެންސްޓޭޑިއޯންގައި ތިބި ސެކިއުރިޓީ ގާޑުން ޖެހެނީ ކޮންމެ ފަހަރަކުން އަރާ މީހާ ފަހައި ދުވާށެވެ.
"އެއީ އަހަރެން ކަންބޮޑުވާ ކަމެއް. ސަޕޯޓަރުންގެ ޕެޝަން އަށް އަހަރެމެންވެސް ލޯބިކުރަން. ހާއްސަކޮށް ބޮޑު ސްޓާރެއް، ނޫނީ އެ ސަޕޯޓަރުންގެ އައިކަންއެއް ރޮނާލްޑޯއަކީ. އެހެންވިޔަސް، ކޮންމެ ފަހަރަކު އަރާ ސަޕޯޓަރުންގެ ނިޔަތް ރަނގަޅު ނުވެދާނެ. އެކަމަށް ވިސްނަން ޖެހޭ. ބައިވަރު ސެކިއުރިޓީ އޮންނަ އިރު ދަނޑަށް އެރިގެން ނުވާނެ،" މާޓިނޭޒް ބުންޏެވެ.
މާޓިނޭޒް ބުނީ ސަޕޯޓަރުން ދަނޑަށް އަރާ އެރުން ހުއްޓުވަން މެސެޖެއް ދޭން ޖެހޭ ކަމަށާއި، މުސްތަގުބަލުގައި އެކަން ހައްދުން ނައްޓާލައިގެން ހިނގައިދާނެ ކަމަށެވެ. ކުޅުންތެރިންނަށް ކުޅުމުގެ ތެރެއިން އެހެން އުނދަގޫވުން އެއީ ރަނގަޅު ކަމެއް ކަމަށް ނުދެކޭ ކަމަށްވެސް މާޓިނޭޒް ބުންޏެވެ.
ރޭ ފުރަތަމަ ރޮނާލްޑޯ ކައިރިއަށް އެރީ ކުޑަ ފިރިހެން ކުއްޖެކެވެ. އޭނާ ގައިގައި ބައްދާލައި، ރޮނާލްޑޯ ވަނީ ފޮޓޯއަށް ހުއްޓިވެސްލައިފައެވެ. އެހެން ނަމަވެސް ތިންވަނައަށް އެރި މީހާ ދެކެ ރޮނާލްޑޯ ރުޅިއައެވެ. އެއީ ދެވަނަ ހާފުގައި ކޯނަރެއް ދިފާއުކުރަން އުޅެނިކޮށް އޭނާ އެރުމުންނެވެ. އަދި ނިންމާލި ގަޑީ އުނދަގޫވާ ގޮތަށް އެރި ސަޕޯޓަރަކު ރޮނާލްޑޯ ވަނީ ކޮއްޕައިވެސް ލައިފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ