މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މި އަހަރުގެ މިހާތަނަށް 21 މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުން މިއަދު ބުނީ މިސްކިތްތަކުން ވައްކަންކޮށްގެން އެ އިދާރާއަށް ހުށަަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ ހަ ފަންކާ، ދެ ފޯނު އަދި ފެންމޯޓަރު ހޯދައި ހަވާލުކޮށްފައިވާ ކަމަށެވެ.
މާލޭގެ މިސްކިތްތަކުން ވައްކަން ކުރުން މި ފަހަކަށް އައިސް އިތުރުވެފައިވާ އިރު، މާލޭ އީދު މިސްކިތުން މި މަހުގެ މިހާތަނަށް ދިހަ ފަންކާ ވަގުން ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ސީސީޓީވީ ކެމަރާ ހަރުކޮށްފައި ހުންނަ އިރު ވެސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލަތައް މަދެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު