ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލާއެކު ޕޯޗުގަލްއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ރިޕަބްލިކް އޮފް އަޔަލޭންޑް ބަލިކޮށްފިއެވެ.
ޔޫރޯ 2024 ގެ ވާމްއަޕް މެޗެއްގެ ގޮތުގައި ޕޯޗުގަލްއިން ރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ރިބަޕްލިކް އޮފް އަޔަލޭންޑް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ތަރިއަކީ ރެކޯޑު ގޯލު ޖެހުންތެރިޔާ އަދި ކެޕްޓަން ރޮނާލްޑޯއެވެ. ގައުމީ ޓީމަށް މިހާތަނަށް ރެކޯޑު 130 ގޯލު ޖަހައިދީފައިވާ ރޮނާލްޑޯ މެދުކެނޑުމަކަށްފަހު ގައުމީ ޓީމު މެޗެއްގެ ފުރަތަމަ 11 އަށް ނުކުމެ، ރޭ ވަނީ މޮޅަށް ކުޅެފައެވެ.
ރޭގެ މެޗުގައި ޕޯޗުގަލްގެ ފަރާތުން ރަނގަޅު ފެށުމެއްގައި ފަށައިގެން، އަވަސް ހިތްގައިމު ފުޓުބޯޅައެއް ކުޅެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ޖާއޯ ފެލިކްސް ވަނީ ޕޯޗުގަލްއަށް ލީޑު ނަގައިދީފައެވެ. ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި ފެލިކްސް ގޯލު ޖެހީ ބަލާލާފައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއްނުވެ، ރޮނާލްޑޯގެ ހިތްގައިމު ގޯލެއް ފެނުނެވެ. އޭރިއާ ތެރެއަށް މަތިން އެއްލި ބޯޅައެއް ފައިދަށަށް އެއް ފަހަރުން ކޮންޓްރޯލްކޮށްލައި، އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ސީދާ މަތީ ކަނަށެވެ. އެ ގޯލާއެކު ފޯމުގައި ފެނުނު އުމުރުން 39 ވަނަ އަހަރުގެ ރޮނާލްޑޯ ވަނީ 60 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ރޮނާލްޑޯގެ ފޯމާއި ޕޯޗުގަލްގެ ހިތްގައިމު ކުޅުމަށް ބަލައި، އެގައުމަށް ކުރެވޭ އުންމީދުތައް ވަނީ އިތުރަށް ބޮޑުވެފައެވެ. ޕޯޗުގަލްއިން މާދަމާ ޖަރުމަނަށް ގޮސް، ދެން ނުކުންނާނީ ޔޫރޯ ގްރޫޕް ސްޓޭޖަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ