ރާއްޖޭގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީން ރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓް، ފާތިމަތި ދީމާ އަލީގެ ކާމިޔާބީގެ އަގު ވަޒަން ކޮށްފިއެވެ.
ދީމާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން އިއްޔެ، ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް އަބްދުﷲ އަލް އަޖަލިން އަލްދައުސާރީ ވަނީ އޭނާއާ ބައްދަލުކުރައްވައިފައެވެ. އިއްޔެގެ ބައްދަލުކުރެއްވުމުގައި ދީމާގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު (އައްޔަ) ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފައި ވަނީ އިއްޔެގެ ބައްދަލުކުރެއްވުމުގައި ސަފީރު، ދީމާއަށް މަރުހަބާ ދަންނަވައި އެގައުމުގެ ފުރުސަތުތަކުގެ ވާހަކަ ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން ސައުދީން ދީމާއަށް ސްޕޯޓްސް ސްކޯލާޝިޕްގެ އިތުރުން މަތީތައުލީމަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި ކަމަށްވެސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އުމުރުން އެންމެ 16 އަހަރުގައި ދީމާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީން ކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް