މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވައްކަން ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ އެ ދެ މީހުން ހައްޔަރުކޮށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ. ކޯޓުގައި ފުލުހުން ބުނީ އެ ދެ މީހުން އެބްޑަބްލިޔުއެސްސީން ވަގަށް ނަގައިފައިވަނީ ނަރުތަކެއް ކަމަށެވެ.

ފުލުހުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ހެކީގެ ގޮތުގައި ސީސީޓީވީ ފޫޓޭޖުތަކަކާއި ހާދިސާ ރިޕޯޓް ހުށަހަޅައިފައެވެ.

އެ ހެކިތަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.