ރެއާލް މެޑްރިޑަށް ކުޅުމަކީ ހަޔާތުގައި އަބަދުވެސް ދެކެމުންދިޔަ އެންމެ ބޮޑު ހުވަފެން ކަމަށާއި، އެ ކްލަބުގެ ޖާޒީގައި ކުޅެލަން ފުރުސަތު ލިބުމަކީ ބަޔާން ކޮށްދޭން ނޭނގޭ އުފާވެރިކަމެއް ކަމަށް ފްރާންސްގެ ކެޕްޓަން އަދި އެޓީމުގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.
ރެއާލާއި އެމްބާޕޭގެ ވާހަކައަކީ މިދިޔަ ދެތިން ޓްރާންސްފާ ސީޒަނެއްގައިވެސް އެންމެ ބާރަށް ދެކެވުނު ވާހަކައެވެ. އެމްބާޕޭ މީގެ ދެ ސީޒަންގެ ކުރިން، ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނުގައި ރެއާލަށް ދާން އެއްބަސްވި ނަމަވެސް، ޕީއެސްޖީން ދޫނުދީގެން ޖެހުނީ މަޑުކުރާށެވެ. އެފަހަރު އެމްބާޕޭ ދެ އަހަރަށް އެއްބަސްވުން އާކުރުމާއެކު، އެ އެއްބަސްވުން ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ.
މި ސީޒަން ނިންމައި އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ ދޫކޮށްލަން އުޅުމުން، ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވަނީ އެމްބާޕޭގެ އެއްބަސްވުން އާކުރަން ޖެހޭނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. އަދި ޕީއެސްޖީގެ ތަމްރީނުތަކުންވެސް އޭނާ އެއް ފަރާތް ކުރިއެވެ.
އެކަން އެހެން ހިނގި ނަމަވެސް، އެމްބާޕޭ ވަނީ ރެއާލަށް ދާން މާކުރިން ނިންމާފައެވެ. އެމްބާޕޭ ރެއާލަށް ދާން އަނގަބަހުން އެއްބަސްވީ ފެބްރުއަރީ މަހުގައެވެ. އަދި މިމަސް ތެރޭގައި ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އެމްބާޕޭ ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭގެ ޓްރާންސްފާ ރޭ ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. ރެއާލަށް ސޮއިކޮށް އެމްބާޕޭ ބުނީ އުފާވެފައި ހުރި މިންވަރު، އެއްވެސް މީހަކަށްވެސް ބުނެދޭން ނޭނގޭނެ ކަމަށެވެ. ރެއާލަކީ އަބަދުވެސް އޭނާގެ ހުވަފެނީ ކްލަބު ކަމަށާއި، އެ ހުވަފެން ހަގީގަތަކަށްވުމަކީ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމެއް ކަމަށެވެ.
ފްރާންސާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާފައި ވަނީ 256 ގޯލު ޖަހައިދީފައެވެ. ފުރަތަމަ 2017 ވަނަ އަހަރު ލޯނަކަށް މޮނާކޯއިން އެމްބާޕޭ ޕީއެސްޖީއަށް ގޮސްފައިވާ އިރު، ދާއިމީ ޓްރާންސްފާއެއްގައި އެ ކްލަބަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ.
އެމްބާޕޭ ރެއާލާއެކު ސޮއި ކޮށްފައި ވަނީ 2029 ވަނަ އަހަރާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގައެވެ. އެމްބާޕޭއަށް އަހަރެއްގެ މައްޗަށް ރެއާލްގައި 15 މިލިއަން ޔޫރޯގެ މުސާރައެއް ޖެހޭނެއެވެ. އޭގެ އިތުރުން އެއްބަސްވުމުގައި ހިމެނޭ އަހަރުތަކަށް ބަހާލައިގެން 150 މިލިއަން ޔޫރޯގެ ސައިނިން ބޯނަސްއެއް އެމްބާޕޭއަށް ދޭން ރެއާލުން ވަނީ ނިންމައިފައެވެ. އަދި އިމޭޖް ރައިޓްސްގެ ކޮންޓްރޯލްވެސް ރެއާލަށް އެއްކޮށް ނުނެގޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.
އެމްބާޕޭ ރެއާލަށް ދިއުމާއެކު ރެއާލްގެ ތާރީހުގައި އިތުރު ގެލެކްޓިކޯ އެރާއެއް ފެށުނު ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. އެއީ މިވަގުތު ދުނިޔޭގައި ތިބި ސުޕަ ސްޓާރުންގެ އެންމެ ވިދުންގަދަ ތަރިން ރެއާލުން މިހާރު ފެންނާތީއެވެ. އެމްބާޕޭގެ އިތުރުން ވިނީޝިއަސް ޖޫނިއާއާއި ޖޫޑް ބެލިންހަމްވެސް ރެއާލުން މިހާރު ގެންގޮސްފައިވާ އިރު، އަންނަ ސީޒަނުގައި ބްރެޒިލްގެ އެންޑްރިކްވެސް ރެއާލުން ފެންނާނެއެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ