އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ފަސްވަނަ އަހަރަށް އިއްޔެ އާކޮށްފިއެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ކްލަބަކީ މާޒިޔާއެވެ. އެޓީމުން މިދިޔަ ފަސް ވަރަކަށް އަހަރުގައިވެސް ރާއްޖޭގެ ލެވެލްގެ އިތުރުން، ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ކުރިއެރުންތައް ވަނީ ހޯދައިފައެވެ. މާޒިޔާއާ އެކު އުރީދޫން ވެފައިވާ އާ އެއްބަސްވުމާއެކު، ދެފަރާތް ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމަށް އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ.

1996 ވަނަ އަހަރު އުފެދުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ވަނީ ފާއިތުވި އަހަރުތަކުގައި ފާހަގަކުރެވޭ ގިނަގުނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެތެރޭގައި ދިވެހި ޕްރިމިއާ ލީގު، 2016, 2019-2020 އަދި 2020-2021 ގެ ސީޒަން ކާމިޔާބު ކުރުން ހިމެނެއެވެ. މީގެއިތުރުން 2015 ވަނަ އަހަރު ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިވެންޓް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަންވެސް އެކްލަބުން ވަނީ ހޯދައިފައެވެ.

މާޒިޔާއިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް ތަޖުރިބާކާރު ޓްރެއިނަރުން ހިމެނޭ ގޮތަށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގަމުން ދެއެވެ. އުރީދޫއާ އެކު ކުރިއަށް ގެންދާ ޕާޓްނާޝިޕްގެ ދަށުން، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވުމަށް އެދޭ ޒުވާނުންނަށް އާފުރުސަތުތަކެއް ހޯދައިދިނުމަށް، މާޒިޔާ ފުޓްބޯލް އެކަޑަމީ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫން ވަނީ ގިނަ ކަންތައްތަކެއް މީގެ ކުރިންވެސް ކޮށްފައެވެ. ރާއްޖޭގައި ބޭއްވުނު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަހުރުވެރި ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސްއެވެ. ޓައިޓަލް ސްޕޮންސާގެ ހައިސިއްޔަތުން އުރީދޫން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަހަރަކާތްތަކެއް ހިންގައިފައެވެ.

ދިވެހިންގެ ކުރިއެރުމަށް މަސައްކަތްކޮށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަބަދުވެސް އަރުވައެވެ.