އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ އެ ހާދިސާ ހިނގާފައިވަނީ ނ، ރ، ބ އަދި ޅ. އަތޮޅުގައި ހިމެނޭ ރަށެއްގައި ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެއް ކަމުން އެކަމުގެ ތަފުސީލެއް ފުލުހުން ނުދެއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.