މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ އެ މައްސަލައިގައި ހޯދަމުންދަނީ ހއ. ތުރާކުނު/ އަސުރުމާގެ، އަލީ ޝަމީމް، 25އ. އާއި ލ. ގަން/ މަތިމަރަދޫ، ނަޔާޗާންދު، އާއިޝަތު ނުހާ، 37އ. އަދި އދ. ކުނބުރުދޫ/ މާބަގީޗާގެ އަލީ ޝަރީފު ކަމަށެވެ.
އެ ތިން މީހުންވެސް ހޯދަން އިއުލާން ކުރީ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
ފުލުހުން ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ 11:00 އަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު