ސިނަމާލެ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އިން މިރޭ ބުނީ މީގެ އިރުކޮޅެއް ކުރިން ސިނަމާލެ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ދެ މީހަކާއި ކުޑަކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި އިތުރު ސައިކަލެއް ޖެހިގެން ކަމަށާއި އަނެއް ސައިކަލު ދުއްވި މީހާއާއި އޭގައި އިން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުގައި އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލުތަކެއް ފުލުހުން ދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު