ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގަތީ ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެގޮތުން ވަކިވަކިން ގެނައި ދެ ޕެކޭޖަކުން ސިންތެޓިކް ކެތިނޯން ނުވަތަ "މިއައު މިއައު" ގެ ޖުމްލަ 3.15 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
ކަސްޓަމްސްއިން ފުރަތަމަ ޕެކޭޖު އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިއިރު 2.12 ކިލޯގެ ސިންތެޓިކް ކެތިނޯން ވަނީ ފެނިފައެވެ.
ދެވަނަ ޕެކޭޖު ފެނުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެ ތަކެތި ރާއްޖެ އެތެރެކުރަން އުޅުނީ ކޫރިއާ މެދުވެރިކޮށް ގެނައި ޕެކޭޖެއްގައެވެ. ޝައްކުކުރެވިގެން އެ ޕެކޭޖު ފާސްކުރިއިރު 1.03 ކިލޯގެ ސިންތެޓިކް ކެތިނޯން ވަނީ އަތުލައިގެންފައެވެ.
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް