ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ދެމިތިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމު މިހެން ވިދާޅުވީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުންގެ ރަމްޒީ ކައިވެންޏެއް ކޮށްދިން މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ފުލުހަށް ހުށަހެޅީ އެ މިނިސްޓްރީން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
"ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެން ޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ކައިވެނީގެ ރަސްމިއްޔާތެއްގެ ގޮތަށް އިންތިޒާމުކޮށް ރިސޯޓެއްގެ ބީޗުގައި ބޭއްވި ހަފްލާގެ މަންޒަރުތައް ސޯޝަލް މީީޑިއާގައި އާންމުވެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލެއް ކަމަށާއި އެހެންވެ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާއި، ރިސޯޓްތަކާއި ގެސްޓްހައުސް އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިދިޔަ އަމަލެއް ހިންގިޔަނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
ފުލުހުން ބުނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި ޓޫރިސްޓުންގެ ރަމްޒީ ކައިވެނި ހަފްލާތައް ބޭއްވުމަކީ އާންމު ކަމެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް