ކެނެބިސް ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާން ކުރީ ސ. ހިތަދޫ/ ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން (29އ) އެވެ.
ފުލުހުން މިއަދު ބުނީ، އޭނާ ހޯދަނީ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނަނީ މާދަމާގެ މެންދުރުފަހު 1:00 އަށް އެ ކޯޓަށް އުބާދަތު ހާޒިރުކުރުމަށެވެ.
މުހައްމަދު އުބާދަތު ހުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު