ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއުއިން ޓެކްސީ ނުލިބުމުގެ މައްސަލައާއި ޑްރައިވަރުން އެކި އަގުތައް ނަގާ މައްސަލަ ހައްލުކުރުމަށް އެ ސަރަހައްދުގައި އިއްޔެއިން ފެށިގެން ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޓެކްސީތަކުން އެކި އަގު ނަގާ މައްސަލަ އަކީ ބޮޑުވެފައިވާ މައްސަލައެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓު ޓެކްސީ ކިއު އާއި ޓެކްސީގެ އަގުތަކާ ގުޅިގެން ލިބިފައިވާ ޝަކުވާތައް ބަލައި އޭގެން ބައެއް މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ޓެކްސީތަކުގެ މައްސަލަ ހައްލުކުރުމަށް، ކަމާބެހޭ ވުޒާރާތަކުގެ ބައްދަލުވުމެއް އިއްޔެ ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ އަލީގައި އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި މިހާރު ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ޓެކްސީގެ މައްސަލަ ހައްލުކުރުމަށް ޓެކްސީ ކިއޫ ބެލެހެއްޓުމަށް އިއްޔެއިން ފެށިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ޓެކްސީ ހިދުމަތްދޭ ބިދޭސީންނާ މެދު ހަރުކަށި ފިވަޅު އަޅާނެ ކަމަށާއި އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުމާއި ބޮޑު އަގު ނަގާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމަށް ހާއްސަ ކިއުއާރް ކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު