މާލޭގެ މަގުމައްޗަށް ކުނިއަޅާކަން ފާހަގަކުރެވިގެން މާލޭ ސިޓީ ކައުންސިލުން ހޯދި ގަވާއިދާހިލާފަށް އުޅޭ ބިދޭސީ މީހާ ފުލުހާ ހަވާލުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން ދަނީ އިމިގްރޭޝަނާ ގުޅިގެން އެ ބިދޭސީ މީހާ ޑިޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
"މާލޭ މަގުމައްޗަށް ކުނިއަޅާކަން ފާހަގަކުރެވިގެން ކައުންސިލުން ހޯދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގުލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާ ހަވާލު ކުރެވިފައި. ފުލުހުން ދަނީ އިމިގްރޭޝަނާ ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން" ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހު މާލޭގެ މަގުތަކަށް ކުނި އެޅި 180 އަށްވުރެ ގިނަ މީހަކު ޖޫރިމަނާކޮށްފައެވެ. އެއިން ކޮންމެ މީހަކު ޖޫރިމަނާ ކޮށްފައިވަނީ 500 ރުފިޔާއިންނެވެ.
މާލޭގެ މަގުތަކަށް ކުނިއެޅުން ހުއްޓުވުމުގެ ގޮތުން މަގުތަކަށާއި އެ ނޫން ވެސް ތަންތަނަށް ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ https://complaints.malecity.gov.mv/en މެދުވެރިކޮށް ކައުންސިލާ ހިއްސާ ކުރެވެން ހުރެއެވެ. އަދި ކުނިއަޅާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ، 9341144 ވައިބާ ކުރެވެން ވެސް ހުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު