ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގެ މަސައްކަތް ކުރަނިކޮށް އަނިޔާވި މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގެ މަސައްކަތް ކުރަނިކޮށް ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 10:38 ހާއިރެވެ.

ފުލުހުން ބުނީ, އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.