ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ ހިމެނޭ ގއ. ގދ. ޏ. އަދި ސ. ގައި ހިމެނޭ ރަށެއްގައި ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އާދިއްތަ ދުވަހު ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

"ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން މި ސާވިސްއިން ކުއްޖާގެ އަދި ހުށަހެޅުނު އަތޮޅާއި ރަށް ހާމަ ނުކުރަން" ފުލުހުން ބުންޏެވެ.

އެ މައްސަލައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއް ކަމަށްވުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.