ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީގެ އޮފިޝަލުން ހިމެނޭ ޓީމުން ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދެނެގަތުމަށް ކުރި މަސައްކަތް ނިންމާލުމަށްފަހު ފުރައިފިއެވެ.
ފީފާގެ އޮފިޝަލަކާއި އޭއެފްސީގެ އޮފިޝަލުން ހިމެނޭ ޓީމެއް މިދިޔަ ހަފުތާ ހޯމަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ ފުޓްބޯޅައިގެ ހާލަތު ދެނެގަނެ، އެފްއޭއެމްގެ އިދާރީ ކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ. އެ މަސައްކަތުގައި އޮފިޝަލުންގެ ޓީމުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އެފްއޭއެމްގެ އިތުރުން ސްޕޯޓްސް މިނިސްޓްރީ އަދި ކްލަބުތަކާވެސް ބައްދަލުވުންތައް ބާއްވައިފައެވެ. ފީފާ އާއި އޭއެފްސީ ޓީމުގެ އޮފިޝަލުން ފުރީ ބުރާސްފަތި ދުވަހުއެވެ.
އެފްއޭއެމްގެ ފަރާތުން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) "ވަން ސްޕޯޓްސް" އަށް ވިދާޅުވީ ޓީމު މިހާރު ފުރާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ޓީމުން ތައްޔާރު ކުރާ ރިޕޯޓާއި ނިންމާ ނިންމުން އަވަސް މުސްތަގުބަލެއްގައި އެފްއޭއެމްއާ ހިއްސާކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ޖައު ވިދާޅުވިއެވެ.
އެފްއޭއެމްގެ އިންތިހާބު، މިދިޔަ ތިން މަހު ތެރޭގައި ދެ ފަހަރު ބާއްވަން އުޅެގެންވެސް އެކަން ހުއްޓުވީ ފީފާ އާއި އޭއެފްސީގެ އެންގުމަށެވެ. އެއީ އިންތިހާބުގެ އިޖުރާއަތްތަކުގެ މައްސަލަތަކުގެ އިތުރުން އިންތިހާބަށް އެފްއޭއެމްގެ މިހާރުގެ ވެރިން ނުފޫޒު ފޯރުވައި ގިނަ މައްސަލަތަކެއްވެސް ކުރިމަތިވުމާ އެކުގައެވެ. އޭގެ އިތުރުން އެފްއޭއެމްގެ ތެރޭގައި މި ވަގުތު ގިނަ މައްސަލަތަކެއް އޮތް އިރު، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަވެސް ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ވަނީހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ކޮށްފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް