ޗެމްޕިއަންސް ލީގުގެ ތަށި ނުލިބި، ހުސްއަތާ ސީޒަން ނިންމާލަން ޖެހިއްޖެ ނަމަ، މި ސީޒަން ވެގެންދާނީ ބޮޑު ފެއިލިއާއަކަށް ކަމަށް ބަޔާން މިއުނިކްގެ އިންގްލެންޑްގެ ފޯވަޑް ހެރީ ކޭން ބުނެފިއެވެ.
ބަޔާނަށް މި ސީޒަނުގައި ބާކީ ހޯދެން އޮތް ހަމައެކަނި ތައްޓަކީ ޗެމްޕިއަންސް ލީގެވެ. އެ ޓީމަށް ލީގު ގެއްލުނުކަން މި ހަފުތާ ޔަގީންވެފައިވާ އިރު، ޖަރުމަނު ކަޕުންވެސް ވަނީ ކަޓައިފައެވެ. ބަޔާނަށް 11 އަހަރަށްފަހު ލީގު ގެއްލުމަކީ ބޮޑު މާޔޫސްކަމެކެވެ. އެހެންވެ އެ މާޔޫސްކަން ފިލުވާލަން ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އާސެނަލް ބަލިކުރަންޖެހެއެވެ. އާސެނަލް އާއި ބަޔާން ވާދަކުރި ފުރަތަމަ ލެގުގެ ކުއާޓާ ފައިނަލް މެޗު އޮތީ 2-2 އިން އެއްވަރުވެފައެވެ.
"އަހަރެމެންނަށް އަދިވެސް އެބަ އޮތް ސީޒަނުގައި ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު. އެއީ ޗެމްޕިއަންސް ލީގު ހޯދައިގެން. ޔަގީނުންވެސް ކްލަބުން ދެކޭނެ ގޮތުގައި، ތައްޓެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހިއްޖެ ނަމަ، އެއީ ބޮޑު ފެއިލިއާއެއް. އެއީ ބަޔާނަކީ މޮޅުވުމާއި ތަށި ހޯދުމަށް ހާއްސަ ކްލަބަކަށްވާތީ. އެހެންވިޔަސް، މި ސީޒަނުގައި ކޮންމެ ގޮތެއް ދިމާވިޔަސް، އަނެއް ސީޒަނަށް ރަނގަޅުކުރުންވެސް އެއީ މުހިއްމު ކަމެއް،" ކޭން ޗެމްޕިއަންސް ލީގުގެ ޕްރީ މެޗު ޕްރެސްގައި ބުންޏެވެ.
ކޭން ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު މި ސީޒަނުގައި ބަޔާނަށް ބަދަލުވެފައިވާ އިރު، އޭނާއަށް ކެރިއަރުގައި ތައްޓެއް ލިބިފައެއް ނުވެއެވެ. ބަޔާނަށް މި ސީޒަނުގައި 39 ގޯލު ކޭން ޖަހައި ދިން ނަމަވެސް، ތައްޓެއް ހޯދުން އެއީ އޭނާއަށް އެންމެ ބޮޑު އުންމީދެވެ.
ޗެމްޕިއަންސް ލީގުގެ ނަތީޖާ ނުކުންނަ ގޮތަކުން ކޭން އިތުރު ސީޒަނެއް ތަށްޓަކައި ނުލާ ނިންމާލަން ޖެހިދާނެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު