މި ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ނިންމި ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ބުނެފައިވީ ނަމަވެސް، އެ ނިންމުމަށް ކްލަބުން ވަކި ގޮތެއް ނުނިންމާ ކަމަށް ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.
ބާސާއަށް މިފަހަރުގެ ލީގުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، ސީޒަނުގެ ތެރެއިން ޒަވީ ވަނީ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެ ކަމަށްވެސް ބުނެފައިވެއެވެ. މިއަހަރުގެ ޖެނުއަރީ މަހު ތެރޭގައި ޒަވީ ބުނީ ހުރިހާ އެންމެންވެސް މިހާރު ބޭނުންވަނީ އޭނާ ކްލަބު ދޫކޮށްލަން ކަމަށާއި މީޑިއާއަށްވެސް ހިތްހަމަ ޖެހުމެއް ލިބޭނީ އޭރުން ކަމަށެވެ.
ބާސާގައި ކުޅުންތެރިއެއްގެ ގޮތުގައި 25 ތަށި ހޯދި ޒަވީ، އެ ކްލަބުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އެއީ މާ ބޮޑު ތަޖުރިބާއެއް ނެތިއެވެ. ބާސާގެ ކުރިން ޒަވީ ކޯޗުކަން ކޮށްދިނީ ގަތަރުގެ އަލް ސާދަށެވެ.
ބާސާއާ ހަވާލުވެ ޒަވީ ވަނީ މިދިޔަ ސީޒަނުގެ ތަށިވެސް ހޯދައިފައެވެ. އަދި މި ސީޒަނުގައި އެޓީމު އޮތީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަކާ ގާތުގައެވެ. އެއީ ކާމިޔާބެއް ނަމަވެސް، ޒަވީ ބުނީ ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް މަޑު ނުކުރާނެ ކަމަށެވެ.
ޒަވީގެ އެ ނިންމުމަށް ކްލަބުގެ ރައީސް ލަޕޯޓާ ބުނީ ޒަވީގެ ކުރިމަގާމެދު ވާހަކަ ދައްކާނީ ސީޒަން ނިމުމުން ކަމަށާއި އެ ނިންމުން އަދި ކްލަބުން ނުނިންމާ ކަމަށެވެ. އަދި ހާއްސަކޮށް ޒަވީގެ ނަތީޖާތައް ރަނގަޅުވުމާ އެކު ކްލަބުން ޒަވީއާ އިތުރަށް މަޝްވަރާ ކުރާނެ ކަމަށްވެސް ލަޕޯޓާ ބުނެފައިވެއެވެ.
ބާސާގެ ސްޕޯޓިން ޑިރެކްޓަރެއްގެ މަގާމުގައި މިވަގުތު ހުރި ކްލަބުގެ ކުރީގެ ކުޅުންތެރިޔާ ޑެކޯ، ޒަވީގެ ނިންމުމާ މެދު ބުނެފައި ވަނީ "ޒަވީ މަޑުކުރުވަން އިތުރަށް މަސައްކަތް ކުރަން،" ކްލަބުގެ ވިސްނުން އަދި ނެތް ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ޒަވީ ސީޒަން ނިމުމުގެ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ