އިންޑިއާ ގައުމީ ޓީމުގެ ކޯޗު، އީގޯ ސްޓިމަކް މަގާމުގައި އިތުރަށް ދެމިހުންނަން ބޭނުންވާ ކަމަށާއި، އެކަން މިހާރު ގައުމީ ޓީމުގެ ކޮމިޓީއާއެކު ހިއްސާ ކޮށްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އިންޑިއާ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކުރި ސްޓިމަކް މީގެ ދުވަސްކޮޅެއް ކުރިން ބުނެފައި ވަނީ އިންޑިއާ، ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތިންވަނަ ބުރަށް ނުގޮސްފި ނަމަ، ކޯޗުކަމުން އިސްތިއުފާ ދޭނެ ކަމަށެވެ. އެހެން ނަމަވެސް، މިހާރު އިންޑިއާ އޮތް ހާލަތުން އިސްތިއުފާ ދޭން ނުވިސްނާ ކަމަށްވެސް ސްޓިމަކް ބުނެފައިވެއެވެ.
"އަހަރެން ކުރިންވެސް އަހަރެން ބުނިން ތިންވަނަ ބުރަށް ކޮލިފައިވާނެ ކަމަށް. އަހަރެމެން މިހާރު މިއޮތީ ގްރޫޕް ދެވަނައިގައި، ދެ ޓީމަށް ދެވޭނެ ތިންވަނަ ބުރަށް. އެހެންވީމަ އަދި މިއޮތީ ރަނގަޅު ހިސާބެއްގައި. އަދި މިވަގުތަކީ އެއްވެސް ހާލަތެއްގައި އިސްތިއުފާގެ ވާހަކަވެސް ދައްކާނެ ކަމެއް ނެތް. ޖޫން ހަވަނަ ދުވަހު ކުވައިތާ ދެކޮޅަށް ކުޅޭ މެޗަކީ އިންޑިއާގެ ފުޓުބޯޅަ ތާރީހުގައި އެންމެ މުހިއްމު އެއް މެޗެއް،" ކޯޗު ސްޓިމަކް ބުންޏެވެ.
ސްޓިމަކް ބުނީ ފުރަތަމަ ފަހަރަށް އިންޑިއާއަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރަށް ދާން ބޭނުންވާ ކަމަށާއި، އެ ތާރީހީ ވަގުތުކޮޅަށް ހުރިހާ އެންމެންވެސް އިންތިޒާރު ކުރަމުންދާ ކަމަށެވެ.
އިންޑިއާއިން ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތެރޭގައި އޮއްވައި، ގައުމީ ޓީމުގެ ހާއްސަ ކޮމިޓީން ވަނީ ސްޓިމަކާ އޮންލައިން މީޓިންއަކުން ބައްދަލުކޮށްފައެވެ. އިންޑިއަން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކަލްޔަން ޗޯބޭއާއެކު ބޭއްވި ބައްދަލުވުމުގައި ސްޓިމަކްގެ ކިބައިން އިންޑިއާ ކޯޗުކަމުގައި މަޑުކުރަން އެދިފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ