މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު މޯލްޑިވިއަންގެ ފްލައިޓުތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކޮށްފައިވާ ދަތުރުތަކަށް ނުދައްކާ ހުރި 5.6 މިލިއަން ރުފިޔާ ހޯދަން އެ ޕާޓީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިރޭ "ވަން" އަށް ވިދާޅުވީ، އެމްޑީޕީގެ ބޭނުންތަކަށް އެ ކުންފުނިން ނަގާފައިވާ ޓިކެޓާއި ޗާޓަރު ފްލައިޓްތަކަށް ނުދައްކާ ހުރި 5.6 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިއަދު ކަމަށެވެ.
މައްސަލަ ހުށަހެޅުމުގެ ކުރިން އެ ފައިސާ ހޯދަން ވަރަށް ގިނަ ފުރުސަތު ލިޔުމުންދީ، އެ ފައިސާ ނުދައްކައިފި ނަމަ ޝަރުއީ މަރުހަލާތައް ފަށާނެ ކަމަށް އެމްޑީޕީއަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަނުން ކުރިން ބުނެފައިވާ ގޮތުން، އެ ކުންފުނިން އެމްޑީޕީ އާއެކު އެއްބަސްވެފައި އޮތީ ހިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރު ތެރޭގައި ބިލްތަކަށް ފައިސާ ދައްކާ ގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު