ތަގުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނެގި މީހާ ހައްޔަރުކޮށްފިއެވެ.

އެ މިސްކިތުން ފަންކާ ވަގަށް ގެންދާ މަންޒަރު ދައްކުވައިދޭ ވިޑިއޯކޮޅެއް މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި ފެންނަނީ އެ މިސްކިތުގައި ބަހައްޓާފައި ހުރި ސްޓޭންޑް ފަންކާއެއް މީހަކު ވަގަށް ގެންދާ މަންޒަރެވެ.

އެ ކައުންސިލުން ބުނީ ބުނީ ތިން ރޭ މަތިން ތަގުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ މިސްކިތުން ފަންކާތައް ވަގަށް ނަގާ ވީޑިއޯ ފުޓޭޖް ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ފުލުސް ތަރުޖަމާން އަހްމަދު ޝިފާން ރޭ ވިދާޅުވީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ކަމަަށެވެ.

ތަގުވާ މިސްކިތުގެ ފަންކާތައް ވަގަށް ގެންދިޔަ އިރު، ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފެންމޯޓަރު ވެސް ވަނީ ވަގަށް ނަގައިފައެވެ. އަދި އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް ވަނީ ވަގަށް ނަގައިފައެވެ.