ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަތަރު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ކަސްޓަމްސްއަށް ޕެޓްރޯލް އުޅަނދެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި މެރިޓަމް ސޭފްޓީ އަދި ސެކިއުރިޓީ ގާއިމް ކުރުމުގެ މަސައްކަތަށް 1.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ހިމެނޭ ކަމަށެވެ.
އަދި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، އެފަދަ ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރު ކުރުމަށް 3.9 މިލިއަން ޑޮލަރާއި ކަސްޓަމްސް ޕެޓްރޯލް އުޅަނދުތަކަށް ބޭނުންވާނެ އާލާތްތައް ހޯދުމަށް 3.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު