ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަަމަށް މ. ފަށަލަ/ ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ސ. ހުޅުދޫ/ އަސާރީގެ، ޝިއުނީން ރަޝީދު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެކަމަށްޓަކައި ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު، އިދާރީ މޭޒުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން އެ ދެބޭފުޅުންގެ ނަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވައިފައެވެ.
މީގެކުރިންވެސް ޑރ. ފަޒީލް ވަނީ އެކި ސަރުކާރުތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފޮރިން މިނިސްތްރީގެ ސްޓޭޓް މިނިސްޓަރުކަން ހިމެނެއެވެ.
އޭގެ އިތުރުން އިނގިރޭސި ވިލާތުން އިންޓަ ނޭޝަނަލް ބިޒްނަސް ލޯ އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ޑރ. ފަޒީލް ވަނީ 1987 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައެވެ.
ޝިއުނީންވެސް މީގެ ކުރިން ވަނީ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު