ސަރުކާރު ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމަށް އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ މީހުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު އެ ޕާޓީއަށް ލިބެމުންދާ ކަމަށެވެ. އެސްއޯއީގައި މަސައްކަތް ކުރާ މުވައްޒަފަކާ މެދު އެފަދަ ކަމެއް ހިނގާކަމުގެ މައުލޫމާތު ލިބިފައިވާނަމަ [email protected] މެދުވެރިކޮށް އެމްޑީޕީއަށް އެނގުމަށް އެދޭ ކަމަށެވެ.
"މި ޕާޓީގެ ފަރާތުން މިހެން ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ގާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަމެވެ" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އއ. މާޅޮހަށް ކުރެއްވި ދަތުރުފުޅެއްގައި މަރުހަބާ ކިޔަން ނުކުތް ފެނަކައިގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ "މަޖިލީހުގެ މެޖޯރިޓީ ނެތި މިވަރުކޮށްލާއިރު، މެޖޯރިޓީ ލިބިއްޖެނަމަ މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅައިދާނެ" ކަމަށެވެ.
ސަރުކާރުން ކުންފުނިތަކުގައި މަސައްކަތްކުރާ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް އެމްޑީޕީން ވަނީ މީގެ ކުރިން ވެސް ތުހުމަތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު