ޔޫއެފާ ޗެމްޕިއަންސް ލީގުގެ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު އިންޓަ މިލާން ކަޓުވާލައި، އެތުލެޓިކޯ މެޑްރިޑް ކުއާޓާ ފައިނަލަށް ދިޔަ އިރު، ޑޯޓުމަންޑުންވެސް ކުއާޓާ ޔަގީންކޮށްފިއެވެ.
އިންޓައާއި އެތުލެޓިކޯ ވާދަކުރި ފުރަތަމަ ލެގުގެ މެޗު، އިންޓަ ދަނޑުގައި އިންޓައިން 1-0 އިން ކާމިޔާބު ކޮށްފައި އޮތް އިރު، ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު އެގްރިގޭޓް ނަތީޖާ 2-2 އިން އެއްވަރުވެ، ޕެނަލްޓީއަށް މެޗު ގޮސްފައިވާ އިރު، ޕެނަލްޓީން އެތުލެޓިކޯ މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ 33 ވަނަ މިނެޓުގައި ފެޑެރީކޯ ޑިމާކޯ ގޯލު ޖަހައި އިންޓައަށް ލީޑު ނަގައިދިން އިރު، އޭގެ ދެ މިނެޓް ފަހުން އެތުލެޓިކޯއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ކޯކޭގެ ޕާހަކުން އެތުލެޓިކޯގެ ބެންޖަމިން ޕަވާޑް ނަގައިދިން ބޯޅައިގައި ގޯލު ޖެހީ އެންޓޮއިން ގްރީޒްމަންއެވެ. އޭގެ ފަހުންވެސް އެތުލެޓިކޯ ނުރައްކާ ކުރި އިރު، މެމްފިސް ޑިޕާއީ ޖެހި ބޯޅައެއް ދަނޑިއަށްވެސް އަމާޒުވިއެވެ.
އޭގެ ފަހުންވެސް ޑިޕާއީގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، ނަތީޖާ އެތުލެޓިކޯ ކޮޅަށް އެނބުރުނީ 87 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީވެސް ޑިޕާއީއެވެ.
ޕެނަލްޓީގައި ހީރޯއަކީ އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކެވެ. އޭނާ ވަނީ އިންޓަގެ އެލެކްސިސް ސަންޗޭޒްއާއި ޑޭވީ ކްލާސެން ޖެހި ޕެނަލްޓީތައް މަތަކޮށްފައެވެ. އަދި އިންޓަގެ ލައުޓާރޯ މާޓިނޭޒް ޖެހި ޕެނަލްޓީވެސް ދިޔައީ ބޭރަށެވެ.
ބްރޫޝިއާ ޑޯޓުމަންޑާއި ޕީއެސްވީ، ޕީއެސްވީ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައި އޮވެ، ރޭގެ ދެވަނަ ލެގަށް ޓީމުތައް ނުކުތް އިރު، ޑޯޓުމަންޑް ރޭ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅުގައި ޖޭޑަން ސާންޗޯ ޑޯޓުމަންޑަށް ލީޑު ނަގައިދިން އިރު، ޑޯޓުމަންޑުން ވަނީ މެޗު ނިމެން ދަނިކޮށް ގޯލެއް ޖަހައިފައެވެ. އެ ގޯލު ޖެހީ މާކޯ ރޫސްއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު