ގުޅިފަޅު ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާންމުކުރި އެ ޕްލޭންގައިވާ ގޮތުން ގުޅިފަޅުން ވަނީ ގޯއްޗަށާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދެއް ކަނޑައަޅައިފިއެވެ.
ގުޅިފަޅުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވާއިރު، ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަނަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން އިގުތިސޯދީ މަސައްކަތްތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެ ބިން ހާއްސަކުރަނީ އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ސިޓީ ހޮޓާތައް ތަރައްގީކުރުމަށެވެ.
މީގެ އިތުރުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފަރީތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު