ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވާލައްވާފައިވާ ކަމަށްބުނެ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދެއްވުމުގެގޮތުން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު އެމްޑީޕީން ޖަވާބު ދީފިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިން ޖަވާބު ދެއްވުމުގެ ގޮތުން އިދިކޮޅު ޕާޓީގެ ޕީޖީ ލީޑަރުގެ ގޮތުގައި އެ ޖަވާބު ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
އޭނާ ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ފައިސާ ޗާޕު ކުރުން ނިމުމަކަށް ގެނައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ހަރަދަށް ޒިންމާވާ ގާނޫނުގައި އެމްއެމްއޭ މެދުވެރިކޮށް ޕަބްލިކް ބޭންކް އޯވަ ޑްރޯ ކުރެވޭ މާއްދާ ސަސްޕެންޑް ކޮށްފައި ވަނީ ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ކަމަށެވެ.
އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރު ނިންމާފައިވާ ނިންމުމެއް ކަމަށާއި މި ސަރުކާރުން އެހެން ގޮތަކަށް އަމަލު ކުރަން ބޭނުން ވިޔަސް މަޖިލީހުގެ ހުއްދައަކާ ނުލައި އެއީ ކުރެވޭނެ ކަމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އަށް ފުރަތަމަ ފަހަރަށް ދެ ބިލިއަން ޓޫރިސްޓުން ޒިޔާރާތް ކުރައްވާނެ ވާހަކަ ރިޔާސީ ބަާނުގައި ރައީސް ވިދާޅުވި އިރު އެއީ ތިން މަހުގެ ތެރޭގައި ކުރި މަސައްކަތެއް ނޫން ކަމަށާއި އެއީ ކޮވިޑް-19 ގެ ދަތި ހާލަތުގެ ތެރޭގައި ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވި އެވެ.
ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރު އެޅުމާއި މަރާމާތު ކުރަން ލޯނު ދޫކުރާނެ ވާހަކަ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އިރު އެއީ ކުރީގެ ސަރުކާރުން ނިންމައިގެން ފަށާފައިވާ މަސައްކަތެއް ކަމަށް ބިގޭ ވިދާޅުވި އެވެ. އަދި ފުލުހުންނާއި ސިފައިންގެ ފްލެޓުން ކުލި ކުޑަ ކުރައްވާނެ ކަން އިއުލާން ކުރެއްވި އިރު އެއީ ވެސް ކުރީ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަން ރައީސް އަށް އެނގިވަޑައިނުގެންނެވީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.
ރާއްޖެ އަށް ފުރަތަމަ ފަހަރަށް ދެ ބިލިއަން ޓޫރިސްޓުން ޒިޔާރާތް ކުރައްވާނެ ވާހަކަ ރައީސް ވިދާޅުވި އިރު އެއީ ތިން މަހުގެ ތެރޭގައި ކުރި މަސައްކަތެއް ނޫން ކަމަށާއި އެއީ ކޮވިޑް-19 ގެ ދަތި ހާލަތުގެ ތެރޭގައި ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަން ރިޔާސީ ބަޔާނުގައި އިއުލާން ކުރެއްވި އިރު އެ ބިލް ކުރީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު