އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިއުލާނުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ މިމަހުގެ 16 ވަނަ ދުވަހު ގަތަރުގައި ބާއްވާ ދޯހާ މެރަތަންގައި ދުވުމުގެ ފުރުސަތު ލިބޭ އެ ލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ 00:00އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އެ ލަކީ ޑްރޯއިން ނަސީބުވެރި 21 ފަރާތެއް މިމަހުގެ 11 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
- އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއްއަހަރު ދުވަހު ހުރުން، ލަސްވެގެން 1 ފެބުރުއަރީ 2023 އިން ފެށިގެން.
- ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލުކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
- ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން.
- 10 ފެބުރުއަރީ 2024ގެ 00:00ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން.
ލަކީ ޑްރޯގައި ބައިވެރިވުމަށް، ore.do/dohamarathon އަށް ޒިޔާރަތްކުރުމަށް އުރީދޫން އެދެއެވެ. އަދި ދޯހާ މެރެތަންއާ ގުޅޭ އިތުރު މައުލޫމާތު https://www.dohamarathonooredoo.com/ އިން ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު