މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އޮކްޓޯބަރު 25 އިން 31 ގެ ނިޔަލަށް ޖުމްލަ 41،959.34 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ހަފުތާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ މުއްދަތުގައި ކޮންޓޭނާ އުފުލާ އުޅަނދުފަހަރާއި އާންމު މުދާ އުފުލާ އުޅަނދުފަހަރު ހިމެނޭހެން ގިނަ އަދަދެއްގެ މުދާ ވަނީ ބަނދަރުން ކްލިއާކޮށްފައެވެ.
އެގޮތުން ކޮންޓޭނަރު އުޅަނދުފަހަރުން 39،051.74 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ އިރު، އާންމު މުދާ އުފުލާ އުޅަނދުފަހަރުން 2،907.6 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. ކްލިއާކުރެވުނު ކޮންސައިންމަންޓްތަކުގެ އަދަދަށް ބަލާއިރު ކޮންޓޭނާ އުޅަނދުފަހަރުގެ 1،472 ކޮންސައިންމަންޓް އަދި އާންމު މުދާ އުފުލާ އުޅަނދުފަހަރުގެ 486 ކޮންސައިންމަންޓް ހިމެނެއެވެ.
އެ ހަފުތާގެ ތެރޭގައި ކޮންޓޭނަރު އުފުލާ ދެ އުޅަނދު ބަނދަރަށް އައިސްފައިވާ އިރު، ހަތަރު އުޅަނދެއް ވަނީ ފުރައިފައެވެ. އަދި އާންމު މުދާ އުފުލާ ފަސް އުޅަނދު ބަނދަރަށް އައިސްފައިވާ އިރު، 8 އުޅަނދެއް ވަނީ ފުރައިފައެވެ. މީގެ އިތުރުން ކޮންޓޭނަރު ހޭންޑްލިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭލި ކޮންޓޭނަރުގެ އަދަދަކީ 1،176 ޓީއީޔޫ އެވެ. އަދި ބަރުކުރެވުނު ކޮންޓޭނަރުގެ އަދަދަކީ 1،963 ޓީއީޔޫ އެވެ. މިއާއެކު ޖުމްލަ ތުރޫޕުޓް އުޅެނީ 3،139 ޓީއީޔޫ ގައެވެ.
އަވަހަށް ހަލާކުވާޒާތުގެ މުދަލުގެ ތެރެއިން ޖުމްލަ 67،869 ޕެކޭޖު ވަނީ އެ ހަފުތާގައި ކްލިއާކޮށްފައެވެ.
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް