އެމެރިކާ ލީގުގެ ސީޒަން ނިމި، އާ ސީޒަނަށް ތައްޔާރުވުމަށް އިންޓަ މިއާމީން ސައުދީ އަރަބިއާގައި ކުރަމުން އަންނަ ޕްރި ސީޒަން ތަމްރީނުތަކުގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި އަލް ނަސްރު އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ސައުދީގެ އަލް ނަސްރު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންޓަ މިއާމީ ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ. އިންޓަ މިއާމީން ކޮމާޝަލް ބޭނުމުގައި މިފަހަރުގެ ޕްރި ސީޒަން ޓުއާގައި ސައުދީއަށް ދާން ނިންމި އިރު، ޓުއާގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް-ނަސްރާ ދެކޮޅަށް، މެޗެއް ކުޅެން ނިންމުމާއެކު ލިއޮނަލް މެސީއާއި ރޮނާލްޑޯ ވާދަކުރާތަން ބަލަން އެތައް ބަޔަކު ތިބީ ބޭނުންވެފައެވެ. ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއާއި އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީގެ ވާދަވެރިކަން ފުޓުބޯޅަ ތާރީހުގައިވެސް ފާހަގަކޮށްލެވޭ އިރު، އަނެއްކާވެސް އެ ދެކުޅުންތެރިން ކުރިމަތިލުމަކަށް ރެއަށް އިންތިޒާރު ކުރެވުނު ނަމަވެސް، މެޗުގައި ރޮނާލްޑޯ ފެނިފައެއް ނުވެއެވެ. އަދި މެސީ ނުކުތީ ބެންޗުންނެވެ.
މެސީ އެންމެ ހަތް މިނެޓަށް ދަނޑަށް ނުކުމެފައިވާ އިރު، ރޮނާލްޑޯ މެޗު ނުކުޅުނީ އަނިޔާގެ ސަބަބުންނެވެ.
މެޗުގައި ބްރެޒިލްގެ ޓަލިސްކާ ހެޓްރިކް ހެދި އިރު، ދެން ގޯލުތައް ޖެހީ އޮޓާވިއޯއާއޮ އެމެރިކް ލަޕޯޓާއި މުހައްމަދު މަރާންއެވެ. މެޗުގައި ލަޕޯޓް ޖެހި ގޯލަކީ ހިލޭ ޖެހުމެއްގައި މެދުރޮނގާ ހަމައިން ފޮނުވާލި ބޯޅަ ގޯލަށް އޮއްސާލައިގެން ޖެހި ގޯލެކެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ