ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުއަށް ހަމަލާދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޝަމީމަށް ހަމަލާ ދިނީ އިއްޔެ ހެނދުނުގެ ވަގުތެއް ގައި މާލޭގެ މަގުމަތީންނެވެ. ސައިކަލެއް ގައި އައި ދެ މީހަކު ވަނީ މަރުތޭލަކުން ޝަމީމަށް ހަމަލާ ދީފައެވެ. އެ ހަމަލާ ޝަމީމްގެ ވައަތު އަތަށް އަމާޒުވިއިރު، ހަމަލާގައި ޝަމީމްގެ އަތުގައި ވަނީ ރެނދުލައިފައެވެ.
ޝަމީމަށް ދިން ހަމަލާގެ ތަހުގީގުކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ޝަމީމަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
"އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން މީގެ ކުޑައިރުކޮޅެއްކުރިން ވަނީ ހައްޔަރުކޮށްފައި" ޝުޖާއު ވިދާވިއެވެ.
ޝުޖާއު ވިދާޅުވީ ޝަމީމަށް ހަމަލާ ދިން މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށާއި އެއީ ދުރާލައި ރޭވިގެން ދިން ހަމަލާއެއް ކަމަށެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒު ވިދާޅުވީ ޝަމީމަށް ހަމަލާ ދިނުމުގައި އިތުރު ބަޔަކު ބައިވެރިވި ކަމުގެ މައުލޫމާތު އަދި ލިބިފައި ނެތް ކަމަށާ ނަމަވެސް މި ހަމަލާ ދިނުމުގައި އިތުރު ބަޔަކު ބައިވެރިވޭތޯ ބަލާނެ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެގެ ހަމަލާ ދިން އިރު ޝަމީމް، ސެކިއުރިޓީ ނަންގަވަމުން ނުގެންދަވާ ކަމަށާއި ނަމަވެސް ކޯޓްގައި ހިނގި މައްސަލައަކާ ގުޅިގެން ޕީޖީއަށް "ތުރެޓް" އޮތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން މީގެ ދުވަސްކޮޅެއް ކުރިން ސެކިއުރިޓީ ފޯރުކޮށްދީދައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު