ގއ. ވިލިނގިލިން ޕާޓޫސިސް (ހޯއްގޮވާ ކެއްސުން) ބައްޔަށް އިތުރު ކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ.
ވިލިނގިލިން ހޯއްގޮވާ ކެއްސުމަށް ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ތިން ކުއްޖެކެވެ. އެ ރަށުން ހޯއްގޮވާ ކެއްސުން ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭހެއް ވިލިނގިލިން ފެނިފައިވާ ކަމަށާއި އެ ކޭހަކީ ކުރީން ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭހެއް ކަމަށް އަދި ނިންމިފައިވާ ނުވާ ކަމަށެވެ.
ޕާޓޫސިސް (ހޮއްގޮވާބަލި) އާއި އެހެނިހެން އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ގއ. ވިލިނގިލީ ޓާސްކްފޯސްގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް، އެ މިނިސްޓްރީ އާއި އެޗްޕީއޭ އަދި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ފަންނީ ޓީމެއް އިއްޔެއިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވިލިނގިލީގައި ބަލި ފެތުރުން، މަދުކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލުގައި އެކުލަވާލި ޓާސްކްފޯސް އިން ކޮންޓެކްޓް ޓްރޭސިންނާއި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުރި ފަރާތްތަކަށް ބޭސް ދިނުމާއި ހަތް އަހަރުން ދަށުގެ ކުދީންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދީން ދެނެގަނެ، ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން މިހާތަނަށް އެ ބަލި ދެނެގަތުމަށް ކުރި ދިރާސާތަކުން ދައްކާގޮތުން ޕޮޒިޓިވް ވި ކޭސްގެ އަދަދު ވަނީ 5 އަށް އަރާފައެވެ. ދެނެގަނެވިފައިވާ ކޮންޓެކްޓް ޓްރޭސިންގެ އަދަދު 177 އަރާއިރު ބަލީގެ އަލާމަތްތައް ހުރި ކޮންޓެކްޓުންގެ އަދަދު 25 އަރައެވެ. އަދި އެ ބަލީގެ އަލާމަތް ހުރެގެން ޓެސްޓު ކުރި މީހުންގެ އަދަދަކީ 46 އެވެ.
މި ބައްޔަށް ހުށަހެޅިފައިވާ ހައިރިސްކް ކެޓަގަރީ ކޮންޓެކްޓުންގެ އަދަދަކީ 2 އެވެ. ޕްރޮފައިލެކްސިކްސް (ވެކްސިންގް) ދިން މީހުންގެ އަދަދަކީ 27 އެވެ.
- - މާސްކް އަޅައިގެން އުޅުން، ހާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލަށް ނުވަތަ އޮފީހަށް ނުވަތަ މީހުން ގިނަ
- ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުން.
- - އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.
- - ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕާޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުން.
- - އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުން ކުރުން.
ފުރަތަމަ އަލާމާތްތައް ފެންނަތާ އެއް ހަފުތާއާއި 2 ހަފުތާއާ ދެމެދުގެ މުއްދަތެއްގައި، ހޫޕިން ކެއްސުން ހުންނަ މީހުންނަށް ޕެރޮކްސިސްމް (ހަލުވި، ހަރުކަށި، އަދި ކޮންޓްރޯލް ނުކުރެވޭ ގޮތަށް ކެއްސުން ފިޓް) އުފެދިދާނެ އެވެ. މި ކެއްސުމުގެ ފިޓްތައް އާންމުގޮތެއްގައި 1-6 ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެން ދިޔަ ނަމަވެސް 10 ހަފުތާ އަށް ދެމިހުންނަ ކަމަށް ދިރާސާތަކުން ދައްކައެވެ.
އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވަނީ ހޯއްގޮވާ ކެއްސުމުން ރައްކާތެރިވުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން އެ ބަލި ރާއްޖޭގައި ކޮންޓްރޯލު ކުރެވިފައިވީ ނަމަވެސް ބަލީގެ ކޭސްތައް ރާއްޖޭގައި ވަރަށް މަދުން ފެންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު