ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު މާލޭގެ މަގުމަތިން ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް ޕީޖީގެ އޮފީހުން ބުނެފިއެވެ.
މިއަދު ހެނދުނު ދިން އެ ހަމަލާއާ ގުޅިގެން ޝަމީމަށް ގެންދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް ޕީޖީގެ އޮފީހުން ބުނީ، އެ ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ޝަމީމުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރައްވާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވަނީ ޕީޖީ ޝަމީމުގެ ހާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު