ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މާލޭގެ މަގުމަތިން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޕީޖީ ޝަމީމަށް ހަމަލާދިން ކަމަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ކަމަށެވެ. އެ ހަމަލާގައި ލިބުނު ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޝަމީމުގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު