ސަރުކާރު ހިންގާ މައި ދެ ޕާޓީ ކަމަށްވާ ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ 13 ބޭފުޅަކަށް ޕްރައިމަރީގައި ވާދަ ކުރަން ނުޖެހި މަޖިލިސް ޓިކެޓް ކަަށަވަރު ވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ބޭފުޅުންނަށް އެ ކޯލީޝަންގެ މަޖިލިސް ޓިކެޓް ކަށަވަރުވީ އެ ކޯލީޝަންގެ ފަރާތުން މަޖިލީހުގެ ޓިކެޓަށް ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް ހުޅުވައިލި ފުރުސަތުގައި، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެ ދާއިރާތަކަށް އިތުރު މެންބަރަކު ވާދަ ކުރުމަށް އެދި ހުށަހަޅާފައި ނުވާތީ ކަމަށެވެ. އެކި އެކި ސަބަބުތަކާއެކު އޭގެ ތެެރެއިން ބައެއް ދާއިރާތަކަށް ކުކރިމަތިލެއްވި ބައެއް މެންބަރުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން އެއް މެންބަރަކަށް އަދަދު މަދުވެފައިވާތީ ކަމަށްވެސް ބުނެފައިވެއެވެ.

  • ހޯރަފުށީ ދާއިރާ _ އަލީ މޫސާ
  • ބާރަށު ދާއިރާ – އިބްރާހީމް ޝުޖާއު
  • ހަނިމާދޫ ދާއިރާ – އިދުރީސް އަބްދުﷲ
  • އޭދަފުށީ ދާއިރާ، އަހްމަދު ސަލީމް (ރެޑްވޭސް ސަލީމް)
  • މަހިބަދޫ ދާއިރާ – އަހްމަދު ތޯރިގް (ޓޮމް)
  • ނިލަންދޫ ދާއިރާ – ފާތިމަތު ސައުދާ
  • ތިމަރަފުށި ދާއިރާ – އިބްރާހީމް ސަނާޙް
  • ފޮނަދޫ ދާއިރާ – އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)
  • ހިތަދޫ މެދު ދާއިރާ – އަހްމަދު އަޒާން މަރްޒޫގް
  • ހުޅުދޫ ދާއިރާ – މުހައްމަދު ޝާހިދު (ޝާޑު)
  • ގަލޮޅު ދެކުނު ދާއިރާ – އިބްރާހީމް މުހައްމަދު (އިބުޓީ)
  • ހެންވޭރު ހުޅަނގު ދާއިރާ – އަލީ އިބްރާހީމް
  • ހުޅުމާލެ މެދު ދާއިރާ – އަބްދުﷲ ޝަޒީމް

ޕީޕީއެމް/ ޕީއެންސީގެ މަޖިލީސް ޓިކެޓް 13 ބޭފުޅަކު ކަށަވަރު ކުރެއްވި އިރު، ޕާޓީ ތެރޭގައި ފިތުނު އުފެއްދި ކަމަށް ތުހުމަތުކޮށް އަދި އެކަށީގެންވާ ހިދުމަތެއް ކޮށްދީފައިނުވާ ކަމަށް ބުނެ ޕްރައިމަރީއަށް ނަން ހުށަހެޅި ބައެއް މީހުންނަށް ޕްރައިމަރީގައި، ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން ބަދަލުކޮށް ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ވަނީ ހަދައިފައެވެ.