ޗައިނާގެ ރައީސް، ޝީ ޖިން ޕިން، ރާއްޖޭގެ ރައީސް، ޑރ. މުހައްމަދު މުއިއްޒަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ޗައިނާގެ ރައީސާ ބައްދަލުކުރެއްވީ މިއަދުއެވެ. އެ ބައްދަލުވުމުގެ ތަފްސީލު ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝީ ޖިން ޕިން ވަނީ ރައީސް މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފައެވެ. އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް 21 ބަޑީގެ ސަލާމެއް އަރުވާފައިވާއިރު، ދެ ގައުމުގެ ގައުމީ ސަލާމް ކިޔާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ރަސްމިއްޔާތަށް ފަހު ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ރައީސް މުއިއްޒު ތައާރަފްކޮށްދެއްވި ކަމަށާއި، ރައީސާއެކު ވަޑައިގެންނެވި ވަފުދުވެސް ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ތައާރަފްކޮށްދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޗައިނާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ ތެރެއިން ރާއްޖޭން އިންތިޒާމުކޮށްގެން އިއްޔެ އިންވެސްޓާސް ފޯރަމެއް ބާއްވާފައިވާއިރު، ޗައިނާ ސަރުކާރުގެ އިސް ފަރާތްތަކާ ރައީސް މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު