ޓޮޓެންހަމްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް، ހިލޭ ޓްރާންސްފާއެއްގައި އެމެރިކާ ލީގުގެ ލޮސް އެންޖެލެސް އެފްސީއަށް ބަދަލުވެއްޖެއެވެ.
އުމުރުން 37 އަހަރުގެ ލޮރިސް، ޓޮޓެންހަމްގެ އެއްބަސްވުން އާކުރީ މި ސީޒަނަށެވެ. އޭނާ މިހާރު އެކުލަވާލި އެއްބަސްވުން 2024 ވަނަ އަހަރު ހަމަވާން އޮތް ނަމަވެސް، ލޮރިސް ލޮސް އެންޖެލެސްއަށް ދިޔައީ ދެ ކްލަބުން އެއްބަސްވެ ޓޮޓެންހަމްގެ އެއްބަސްވުން އުވާލުމުންނެވެ.
ލޮރެސް 11 އަހަރު ޓޮޓެންހަމްގައި ހޭދަކޮށްފައިވާ އިރު، އޭނާ ވަނީ އެ ކްލަބަށް 447 މެޗު ކުޅެފައެވެ. ލޮރެސް ޓޮޓެންހަމްއަށް ސޮއިކޮށްފައި ވަނީ 2012 ވަނަ އަހަރުއެވެ. ޓޮޓެންހަމްއަށް ލޮރިސް ދިޔައީ ލިޔޯންއަށް ކުޅުމަށްފަހުގައެވެ. 2015 ވަނަ އަހަރުން ފެށިގެން ލޮރިސް ވަނީ ޓޮޓެންހަމްގެ ކެޕްޓަން ބޭންޑް އަޅައިފައެވެ.
ލޮރިސްއަކީ 2019 ވަނަ އަހަރު ޓޮޓެންހަމްއާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔަ ކީޕަރެވެ. އޭނާއަކީ އެޓީމުގެ މުހިއްމު ކުޅުންތެރިއެއްވެސް މެއެވެ. އެ ސީޒަނަށްފަހު ޓޮޓެންހަމް ދޫކޮށްލަން ލޮރިސް މަސައްކަތް ކޮށްފައިވާ އިރު، އޭނާ މިހާރު ވަނީ ގައުމީ ޓީމުންވެސް ރިޓަޔާކޮށްފައެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ