މިޑްފީލްޑަށް ހައްލު ހޯދުމަށް މެންޗެސްޓާ ސިޓީން ކުރަމުންދާ މަސައްކަތުގައި މޮރޮކޯގެ އައްޔޫބު ބުއާދީ އެ ކްލަބަށް ގެންދަން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ބުއާދީ ސިޓީގެ މެޑިކަލް ފުރިހަމަކުރުމަށް މިހާރު ތައްޔާރުވެފައިވާ އިރު، ސިޓީން އޭނާ ގެންދަން ނިންމާފައި ވަނީ ފްރާންސްގެ ލިލްއަށް 116.8 މިލިއަން ޑޮލަރު ދީފައެވެ. ހަބަރުތައް ބުނެފައި ވަނީ ޓްރާންސްފާ ފީއަކަށް އެއްބަސްވެފައި ވަނީ 110.9 މިލިއަން ޑޮލަރަށް ކަމަށާއި، ބޯނަސްއާއެކު ޑީލްގެ އަގު 116.8 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.
އުމުރުން 18 އަހަރު ބުއާދީއަކީ މޮރޮކޯއަށް ވޯލްޑް ކަޕްގައިވެސް ވިދާލި ތަރިއެކެވެ. އޭނާ ހޯދަން ގިނަ ކްލަބުތަކަކުން މަސައްކަތް ކޮށްފައިވާ އިރު، މޮރޮކޯއިން ކުއާޓާ ފައިނަލަށް ކުރި ދަތުރުގައި އޭނާ ވަނީ ހަ މެޗުން ފަސް މެޗުގައި ކުޅެފައެވެ. އޭގެ އިތުރުން ލިލްއިން 2024 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކައިރިން މޮޅުވި މެޗުގައިވެސް ބުއާދީ ވިދާލިއެވެ.
އުމުރުން އެންމެ 16 އަހަރުގައި ބުއާދީ ވަނީ ލިލްގެ ސީނިއާ ޓީމަށް ކުޅެފައެވެ. އެ ކްލަބަށް މިހާތަނަށް 88 މެޗު ކުޅެފައިވާ ބުއާދީއަށް ފުރަތަމަ ލިލްއިން ކީ އަގު ބޮޑުވުމާއެކު ސިޓީން އެކަމަށް ނުވިސްނާ ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މީޑިއާތަކުން އިތުރަށް ބުނެފައި ރޮޑްރީވެސް ކްލަބު ދޫކޮށްލުމާއެކު ސިޓީއަށް މިޑްފީލްޑަރެއް ހޯދަން މަޖުބޫރުވުމުން ފަހުން ބޮޑު އަގުގައި ގެންދަން އެއްބަސްވި ކަމަށެވެ.
މިހާތަނަށް ސިޓީން އެލިއަޓް އެންޑަސަން އެ ކްލަބަށް ގެންގޮސްފައިވާ އިރު، އެންޒޯ ފެނާންޑޭޒް ހޯދުމުގެ މަސައްކަތް އަދި ހުއްޓާލާފައެއް ނުވެއެވެ.
ބުއާދީގެ ޓްރާންސްފާ ޔަގީންވުމާއެކު ސިޓީން ވަނީ އެ ކްލަބަށް ކުޅެމުންދާ ބްރެޒިލް ވިންގް، ސަވީނިއޯ ޓޮޓެންހަމްއަށް ވިއްކާލައިފައެވެ. އެއީ 102.3 މިލިއަން ޑޮލަރަށެވެ. އުމުރުން 22 އަހަރުގެ ސަވީނިއޯ ސްޕާސްއަށް ގެންގޮސްފައި ވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ކަމަށް ނޫސްތައް ބުނެއެވެ.
ސްޕާސްއިން މީގެ ކުރިން، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނުގައިވެސް ސަވީނިއޯ ގެންދަން މަސައްކަތް ކުރި ނަމަވެސް އޭރު ގެންދެވޭނެ ގޮތެއް ނުވިއެވެ. މި ޓްރާންސްފާ ސީޒަންގައި އޭނާ ހޯދަން ޓޮޓެންހަމްއިން ވަނީ މާކުރިންވެސް މަސައްކަތް ކޮށްފައެވެ.
ޓޮޓެންހަމްއިން މި ޓްރާންސްފާ ސީޒަނުގައި ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ޓްރާންސްފާތަކަށް ހަރަދުކޮށްފައިވާ އިރު، މިހާތަނަށް ސާންޑްރޯ ޓޮނާލީއާއި މަތެއަސް ފެނާންޑޭޒް އަދި ޕައުލް ވެން ހެކޭވެސް އެ ކްލަބަށް ގެންގޮސްފައިވެއެވެ. އަދި މާކޮސް ސެނެސީއާއި އެންޑްރޫ ރޮބާޓްސަން އަދި ކީޕަރު މާޓިން ޑުބްރަވްކާވެސް ޓޮޓެންހަމްއިން ގެންގޮސްފައިވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް